ލަންކާއަށް އެރި ތޫފާނާ ގުޅިގެން އުރީދޫ އަދި ދިރާގުން ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިފި

ލަންކާއަށް އެރި ތޫފާނާ ގުޅިގެން އުރީދޫ އަދި ދިރާގުން ހިލޭ ގުޅޭނެ ގޮތް ހަމަޖައްސައިފި

Author
އަހުމަދު
28 ނޮވެމްބަރ 2025 10:20
0

އަވައްޓެރި ސްރީލަންކާއަށް ތޫފާނެއް އަރައި ބޮޑެތި ގެއްލުންތައް ލިބެމުންދާތީ، އެ ގައުމުގައި ތިބި އާއިލާ މެންބަރުންނާއި ރައްޓެހިންގެ ހާލު ބެލުމަށް ހިލޭ ގުޅޭނެ އިންތިޒާމު އުރީދޫ އަދި ދިރާގުން ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުރިއަށް އޮތް 24 ގަޑިއިރު ކުރާ ކޮންމެ ކޯލެއްގެ ފުރަތަމަ 5 މިނެޓް ހިލޭ ވާނެ ކަމަށެވެ. ދިރާގުން ވެސް ވަނީ އެއް ހަފުތާއަށް 30 މިނެޓްގެ ހިލޭ ކޯލް ދިނުމަށް ނިންމައިފައެވެ. މި ހިދުމަތް ހޯދުމަށް *225# އަށް ޑައިލް ކުރުމުން މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެއެވެ.

ލަންކާގައި ގާތްގަނޑަކަށް 1800 ދިވެހިން ދިރިއުޅެމުންދާއިރު، މި ތޫފާނުގައި މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެ 20 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.