ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކުގައި ސުވާލު ކުރަން ބޭނުންވާ ފަރާތްތަކުން ދުރާލާ އެއްވެސް މީހަކާ ސުވާލު ހިއްސާކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ދެއްވައިފި އެވެ.
ހީނާ މިހެން ވިދާޅުވީ، ޕީއެންސީގެ ބައެއް މެންބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް ދުރާލާ ހޯއްދަވާ ކަމުގެ ޝަކުވާތައް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތަށް އެކަން ނުކުރެއްވުމަށް ރައީސް، މެންބަރުންގެ ކިބައިން އެދިވަޑައިގެންފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ހީނާ ވިދާޅުވީ މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ވެސް ރައްޔިތުންނަށް މިނިވަންކަމާ އެކު ހިޔާލު ފާޅުކޮށް ސުވާލުކުރުމުގެ ފުރުސަތު ރައީސް ދެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ އުސޫލުން އަމަލުކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ