މޫޑީޒްއިން ރާއްޖޭގެ އައުޓްލުކް "ސްޓޭބަލް"އަށް ބަދަލުކުރުމަކީ އިޤްތިޞާދީ އިޞްލާޙުތަކުގެ ނަތީޖާ: ޒަމީރު

މޫޑީޒްއިން ރާއްޖޭގެ އައުޓްލުކް "ސްޓޭބަލް"އަށް ބަދަލުކުރުމަކީ އިޤްތިޞާދީ އިޞްލާޙުތަކުގެ ނަތީޖާ: ޒަމީރު

Author
ހުސެއިން
28 ނޮވެމްބަރ 2025 09:48
0

ދިވެހިރާއްޖޭގެ ކްރެޑިޓް އައުޓްލުކް "ނެގެޓިވް" އިން "ސްޓޭބަލް" އަށް މޫޑީޒް ރޭޓިންގްސް އިން ބަދަލުކޮށްފިއެވެ. މިއީ ސަރުކާރުން ކުރިއަށް ގެންދާ އިޤްތިޞާދީ އިޞްލާޙުތަކުގެ ހެޔޮ ނަތީޖާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއެވެ.

މި ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމުގައި މޫޑީޒްއިން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތައް ހަރުދަނާވުމެވެ. އެގޮތުން ބޭރު ފައިސާގެ ލިކުއިޑިޓީ ރަނގަޅުވެ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ކޭޝް ބެލެންސް މިދިޔަ އަހަރުގެ 15 މިލިއަން ޑޮލަރުން މި އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް 126 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.

މި ބަދަލުތަކާއެކުވެސް ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުމިނުގައި ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ ވަނީ އިތުރުވެފައެވެ.

ދަރަނީގެ މިންވަރު މަތިވެފައިވުމުން Caa2 ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.