ދ. ކުޑަހުވަދޫގެ ކައުންސިލް މެންބަރު އަހުމަދު މައުރޫފް މިއަދު އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި މައުރޫފް އެ ޕާޓީގައި ހިނގި ހިޔާލުތަފާތުވުމަކާ ގުޅިގެން ކުރިން ބަދަލުވީ ޑިމޮކްރެޓްސްއަށެވެ.
މިދިޔަ ޖޫން 17 ގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން އެ ޕާޓީގެ ހުރިހާ މެންބަރުން އެމްޑީޕީއާ ގުޅުމަށް ފާސްކުރުމާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބުރައީސް އީވާ އަބްދުﷲ އަދި ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ އަލީ އާޒިމް، އިބްރާހިމް ރަޝީދު، އިމްތިޔާޒު ފަހުމީ، މުހައްމަދު ވަހީދު ފަދަ ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގައި ވާދަވެރިކަން ބޮޑުވަމުން އަންނައިރު، މާލޭގެ މޭޔަރުކަމުގެ ޕްރައިމަރީގައި ޑިމޮކްރެޓްސްއިން އައި އަލީ އާޒިމް އާއި މިހާރުގެ މޭޔަރު އާދަމް އާޒިމް ދަނީ ވާދަކުރަމުންނެވެ.
ކޮމެންޓު ފޮނުވާ