ދިރާސީ އައު އަހަރަށް ގެދޮރުވެރިޔާގެ ސްކީމުގެ ހުރިހާ ޓަވަރަކަށްވެސް މީހުންނަށް ދިރިއުޅެން ވަދެވޭނެ: ރައީސް

ދިރާސީ އައު އަހަރަށް ގެދޮރުވެރިޔާގެ ސްކީމުގެ ހުރިހާ ޓަވަރަކަށްވެސް މީހުންނަށް ދިރިއުޅެން ވަދެވޭނެ: ރައީސް

Author
ހުސައިން
25 ނޮވެމްބަރ 2025 11:40
0

މައްޗަށްގޯޅީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށްއޮތް ދިރާސީ އައު އަހަރު ފެށެން ވާއިރަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ޓަވަރަކަށްވެސް ދިރިއުޅެން ވަދެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ ޓަވަރުތަކަށް މީހުން ވަނުމަށް ކުރަންޖެހޭ ކަންކަން އެފްޑީސީން ކުރަމުންގެންދާކަމަށާއި ފަންގިފިލާތަކަށް ކަރަންޓާއި ފެން ގުޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. މަސައްކަތްތައް މިހާރު ކުރިއަށްދާގޮތުން އަންނަ ޑިސެމްބަރު މަސް ނިމޭއިރު ގިނަ ފްލެޓްތަކެއް ނިމި ވެރިންނަށް ހަވާލުކުރެވޭނެކަމުގެ ޔަގީންކަން އެފްޑީސީން ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަހަރު ހަމަވާއިރަށް އަދި ނުނިމޭ ތަންތަންވެސް އައު އަހަރަށް ސްކޫލް ހުޅުވެން ވާއިރަށް ވަދެވޭނޭގޮތް ތައްޔާރުވެގެންދާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓްތައް 7،000 ރުފިޔާއަށާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީއާއި ސެކިއުރިޓީ ޑިޕޮޒިޓް ވަކިވަކިން ދައްކަން ޖެހެއެވެ. އެންމެ ފުރަތަމަ އެޕާޓްމަންޓްތައް ހަވާލުކުރަން ފެށި އަމާން އުދަރެސް ޓަވަރު 14 ގެ ބައެއް ފަރާތްތަކުން މިހާރުވެސް ވަނީ އެތަނަށް ބަދަލުވެ ދިރިއުޅެން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.