ނުރައްކާތެރި ޖަރާސީމު ހުރި ކުޑަކުދިންގެ ފޯމިއުލާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

ނުރައްކާތެރި ޖަރާސީމު ހުރި ކުޑަކުދިންގެ ފޯމިއުލާ ރާއްޖޭގައި ވިއްކުން މަނާކޮށްފި

Author
ޙަސަން މުޙައްމަދު
24 ނޮވެމްބަރ 2025 01:39
0

އެމެރިކާގެ "ބައިހާޓް ހޯލް ނިއުޓްރިޝަން އިންފެންޓް ފޯމިއުލާ" ގައި ބޮޓުލިޒަމް ބައްޔަށް މަގުފަހިކުރާ ކުލޮސްޓްރިޑިއަމް ބޮޓުލިނަމް ޖަރާސީމު ހުރިކަން ފާހަގަވުމާ ގުޅިގެން، އެ އުފެއްދުން ރާއްޖޭގައި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް މި މައުލޫމާތު ލިބިފައިވާ ކަމަށާއި، އެމެރިކާގެ އެފްޑީއޭ އިން ވެސް މި ބްރޭންޑުގެ އުފެއްދުންތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށް އެމްއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުންޏެވެ. ކުޑަކުދިންގެ ސިއްހަތަށް ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ބްރޭންޑުގެ ހުރިހާ ބެޗެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

މި ފޯމިއުލާ ބޭނުންކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށާއި، ބާޒާރުގައި މި އުފެއްދުން ފެނިއްޖެނަމަ އެމްއެފްޑީއޭ އަށް ރިޕޯޓުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.