މިލަންދޫ ފަރަށް އެރި ޓަގު ބޯޓަކަށް 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެންވަޔަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީން ނިންމައިފި އެވެ. މި އަހަރުގެ އޮކްޓޯބަރު މަހު މިލަންދޫ ފަރަށް އެރީ "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ޓަގު ބޯޓެކެވެ. ރިޕަބްލިކް އޮފް ނައުރޫގައި ރަޖިސްޓްރީކޮށްގެން މި އުޅަނދު ދުއްވަނީ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް ކުންފުންޏުންނެވެ.
އީއާރްއޭ އިން ބުނީ މި އުޅަނދު ފަރަށް އެރުމުގެ ސަބަބުން 477 އަކަފޫޓުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާ ކަމަށެވެ. ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އީއާރްއޭ އިން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ