ކުރިއަށް އޮތް ރޯދަ މަހު ރައްޔިތުންނަށް ދޭ ހަދިޔާގެ ގޮތުގައި ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސްތައް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިފްކޯއިން ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފެއްޓެވި މި ޕްރޮގްރާމުގެ ދަށުން، ކޮންމެ ރޯދަ މަހަކު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާކުރަމުން އާދެއެވެ. މި އަހަރުވެސް މި މަސައްކަތް ކުރުމުގެ ޒިންމާ ވަނީ މިފްކޯއާ ހަވާލުކޮށްފައެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން މިފްކޯއިން ބުނީ، މަސްދަޅު ތައްޔާރުކުރުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރު 27 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މިހާރު މި މަސައްކަތުގެ 33 ޕަސަންޓު ނިމިފައިވާއިރު، މަސްދަޅު ކޭސްތައް ރިލޭކުރަމުން ގެންދަނީ މިދިޔަ އަހަރު ރޯދަ ހަދިޔާ ބެހިއިރު ދިޔަ މިންވަރަށެވެ. މިދިޔަ ރޯދަ މަހު ސަރުކާރުން ވަނީ މާލެއާއި އަތޮޅުތެރެއަށް ޖުމްލަ 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ.
މަސްދަޅުގެ އިތުރުން ކުރިއަށް އޮތް ރޯދަ މަހު ކަރަންޓު ބިލުން ލުއި ދިނުމަށްވެސް ސަރުކާރުން ނިންމާފައިވާއިރު، ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބިސީއަކަށްވެސް ރޯދަ މަހު އެންމެ ބޮޑުވެގެން 400 ރުފިޔާގެ ކަރަންޓު ބިލެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ