ބީޑަބްލިއުއެފް ސަސްޕެންޝަނުން ސަލާމަތްކުރަން ބީއޭއެމްގެ އާ ލީޑަރޝިޕް އިންތިހާބުކޮށްފި

ބީޑަބްލިއުއެފް ސަސްޕެންޝަނުން ސަލާމަތްކުރަން ބީއޭއެމްގެ އާ ލީޑަރޝިޕް އިންތިހާބުކޮށްފި

Author
ޙަސަން މުޙައްމަދު
23 ނޮވެމްބަރ 2025 11:00
1

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސްއަކަށް އިޝްފާން މުހަންމަދު (އިއްޕަ) ރޭ އިންތިހާބުކޮށްފިއެވެ. ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހ. މީރުމާގައި ބޭއްވި ހާއްސަ ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކޮށް އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފައިވެއެވެ.

މި އިންތިހާބުގައި ނައިބު ރައީސްކަމަށް އަހުމަދު ޝިހާމާއި އިބްރާހިމް ހަމްޒާ ހަލީލް އިންތިހާބުކޮށްފައިވާއިރު، ހިންގާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި މިންނާ ރަޝީދު، ހަސަން ޒަރީރު، އިބްރާހިމް އަފީފާއި ސުހާ ޖަލީލް ހޮވިފައިވެއެވެ. ހިންގާ ކޮމިޓީގެ އަށްވަނަ މެމްބަރަކީ އެތުލީޓް ރެޕްރެޒެންޓޭޓިވްއަކަށްވާއިރު، އެމަގާމަށް މެމްބަރަކު ހޮވާނީ އާ ހިންގާ ކޮމިޓީ މަސްއޫލިއްޔަތާއި ހަވާލުވުމަށްފަހު ބޭއްވޭ އިންތިހާބަކުންނެވެ.

ކޮންމެ މަގާމަކަށް ވެސް އެންމެ މެމްބަރެއް ކުރިމަތިލިކަމުން، ހާޒިރުވި މެމްބަރުންގެ އިއްތިފާގުން މި މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށްފައިވެއެވެ. މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި އޮތް ބީއޭއެމް އިންތިހާބަކާ ހަމައަށް ގެނައުމުގައި، ކުރީގެ ހިންގާ ކޮމިޓީގެ ބައިވެރިވުމާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރަކު ހިމެނޭ ވޯކިން ގްރޫޕަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.