ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން ޖަރުމަނުގެ މަޝްހޫރު އެއާލައިން ކޮންޑޯ އިން ހިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، މިއަދު އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އާ ޓާމިނަލަށް ކައިރިކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް DE2320 އިން އައި 277 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔުނެވެ. ރަސްމިއްޔާތުގައި ކޮންޑޯގެ އިސްވެރިންނާއި އެމްއޭސީއެލްގެ އޮފިޝަލުން ބައިވެރިވިއެވެ.
1981 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ހިދުމަތް ދެމުންދާ ކޮންޑޯ އަކީ ޓާމިނަލް 1 އިން ހިދުމަތް ފެށި ފުރަތަމަ ޖަރުމަން އެއާލައިނެވެ. ކޮންޑޯއާއެކު އާ ޓާމިނަލުން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު 26 އަށް އަރާފައި ވެއެވެ.
ކޮމެންޓު ފޮނުވާ