މާލީ ބައިވެރިވުން ފުޅާކުރުމަަަށް ކުރި މަސައްކަތަށް ބީއެމްއެލްއަށް ބައިނަލްއަގުވާމީ އެވޯޑެއް

މާލީ ބައިވެރިވުން ފުޅާކުރުމަަަށް ކުރި މަސައްކަތަށް ބީއެމްއެލްއަށް ބައިނަލްއަގުވާމީ އެވޯޑެއް

Author
ޙަސަން މުޙައްމަދު
20 ނޮވެމްބަރ 2025 12:59
0

ދުބާއީގައި ބޭއްވި "ރީއިންވެންޓް ފޯރަމް 2025″ ގައި ރާއްޖޭގެ އެންމެ ބޮޑު ބޭންކު ބީއެމްއެލްއަށް މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު ދީފިއެވެ.

ރާއްޖޭގެ ގައުމީ ބޭންކަށް މި ފަހުރުވެރި އެވޯޑު ދިނީ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭންކިން ހިދުމަތް ގާއިމުކޮށް މާލީ ބައިވެރިވުން އިތުރުކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި އެތައް ހާސް ދިވެހީންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ މަގު ބީއެމްއެލްއިން ވަނީ ފަހިކޮށްދީފައެވެ. މި މަޝްރޫއު ނިންމާފައިވަނީ މިދިޔަ އޮކްޓޯބަރު 28 ވަނަ ދުވަހުގައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހަދަކަށް ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް ކޯރަސްގެ އެވޯޑު ލިބުމަކީ ބޭންކަށް ލިބުނު ބޮޑު ފަހުރެއް ކަމަށާއި، މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން ހާމަވާ ކަމަށެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމަކީ އުފަލެއް ކަމަށާއި، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1،200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ކޯރަސް އަކީ މާލީ ދާއިރާގައި ބައިނަލްއަގުވާމީ ފެންވަރުގައި އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ބީއެމްއެލްއިން 20 އަތޮޅުގައި 42 ބްރާންޗާއި، 202 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 262 އޭޓީއެމްގެ އިތުރުން ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދެމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.