ވީއައިއޭގައި އީގޭޓްތައް ހަރުކުރަން ފަށައިފި

ވީއައިއޭގައި އީގޭޓްތައް ހަރުކުރަން ފަށައިފި

Author
ހުސައިން
20 ނޮވެމްބަރ 2025 05:55
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލްގައި ވެސް ޒަމާނީ ފޭޝަލް ރެކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރާ އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވީ، ދިވެހިންނާއި ފަތުރުވެރިން ބޯޑާ ކޮންޓްރޯލްގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މި ގޭޓުތައް ގާއިމުކުރަމުންދާ ކަމަށެވެ. މި ގޭޓުތަކުން ފުރަތަމަ ފަހަރަށް ޕާސްޕޯޓު ސްކޭންކުރުމަށްފަހު، އޭގެ ފަހުން ބޯޑާ ހުރަސްކުރާއިރު އޮތޮރައިޒް ވާނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.

އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން، ކޮންމެ ޓާމިނަލެއްގައި އެރައިވަލް އަދި ޑިޕާޗާއަށް 10 ގޭޓް ހިމެނޭހެން، ޖުމްލަ 20 އީގޭޓް ހަރުކޮށް ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ވެސް އަންނަ އަހަރު މިފަދަ ނިޒާމެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.