ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖެއިން ލަގްޒަރީ ރިސޯޓެއް ހަދަނީ

ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖެއިން ލަގްޒަރީ ރިސޯޓެއް ހަދަނީ

Author
ހުސައިން
17 ނޮވެމްބަރ 2025 10:27
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ވިޔަފާރި ކުންފުނި، ޓްރަމްޕް އޮގަނައިޒޭޝަނުން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ހެދުމަށް ނިންމައިފިއެވެ. މާލެއިން ފުރައިގެން ގާތްގަނޑަކަށް 25 މިނެޓުން ދެވޭ ރަށެއްގައި މި ރިސޯޓު ހަދާނެކަން މިއަދު އިއުލާނުކޮށްފައިވާއިރު، މި މަޝްރޫއު ކުރިއަށްގެންދަނީ ލަގްޒަރީ ރިއަލް އެސްޓޭޓް ޑިވެލޮޕަރު ޑާ ގްލޯބަލް އާއި ހަވާލުވެގެންނެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި ރިސޯޓުގައި 80 އަށް ވުރެ ގިނަ އަލްޓްރާ ލަގްޒަރީ ބީޗް ވިލާތަކާއި މޫދު ކޮޓަރި ހިމެނޭއިރު، އެ ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ 2028 ވަނަ އަހަރުގެ ފަހުކޮޅުއެވެ. މި މަޝްރޫއުގައި އިންވެސްޓަރުން ހޯދުމަށް ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރާނެކަމަށް ވެސް ދެ ކުންފުނިން ހާމަކޮށްފައިވެއެވެ.

މި ކަމާ ގުޅިގެން ޓްރަމްޕް އޮގަނައިޒޭޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕު ވިދާޅުވީ ރާއްޖެއަށް އެ ބްރޭންޑް ތައާރަފުކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޓްރަމްޕް އޮގަނައިޒޭޝަނުން އެމެރިކާގެ އިތުރުން ސްކޮޓްލެންޑާއި ދުބާއީގައި ވެސް ހޮޓާތަކާއި ރިސޯޓުތައް ހިންގަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.