މުޖުތަމަޢުގައި ހިނގަމުންދާ ނޭދެވޭ ކަންކަން ހިނގަމުންދަނީ އީމާންކަމާއި އިޙުސާންކަމުގެ ބިންގާ ހަރުދާކޮށް އެޅިފައި ނެތުމުން: ޚުޠުބާ

މުޖުތަމަޢުގައި ހިނގަމުންދާ ނޭދެވޭ ކަންކަން ހިނގަމުންދަނީ އީމާންކަމާއި އިޙުސާންކަމުގެ ބިންގާ ހަރުދާކޮށް އެޅިފައި ނެތުމުން: ޚުޠުބާ

Author
އަހުމަދު
14 ނޮވެމްބަރ 2025 01:11
0

މުޖުތަމަޢުގައި ހިނގަމުންދާ ނޭދެވޭ ކަންކަން ހިނގަމުންދަނީ އީމާންކަމާއި އިޙުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމުގައި މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ތައުޙީދުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުން" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ އެކަންކަން ހިނގަމުން ދަނީ އަބަދާއި އަބަދު މާތްﷲ ބައްލަވާ ވޮޑިގެންވާ ކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ އަމަލުތަކާއި ބުނާ ބަސްތައް ލިޔުއްވަން ތިއްބަވާނޭކަން ކަށަވަރު ކޮސްދެވިފައި ނުވާތީ ކަމުގައެވެ.

އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާފަދަ ގޮތެއްގައި، ހަރުލެވިއްޖެނަމަ މީށްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ!

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅުތަކުން ލިބިގަނެވޭ ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެކަން ފާހަގަވާ ކަމުގައެވެ. އަދި ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާނެޖެހޭނެކަން ފާހަގަވާކަމަށް ވިދާޅުވަމުން މިއަދުގެ ޚުޠުބާގައި ވިދާޅުވީ ހަމަ އެފަދައިން ނޭގޭ ކަމެއްގެ ސުވާލު ކުރެވިއްޖެނަމ ަނޭގޭ ވާހަކަ ބުނުމަކީވެސް މުދައްރިސްގެ ގަދަރު އުނިވާނެކަމެއް ނޫންކަންވެސް ދެނެގަންނަންޖެހޭ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.