އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި އެޤައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ކިރަން ރާމް މޯހަން ނައިޑޫ ދަތުރުފުޅު ފުރިހަމަކުރައްވައި ފުރާވަޑައިގެންފިއެވެ. އޭނާ ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ އެހީތެރިކަމާއެކު ތަރައްޤީކުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ދަތުރުފަތުރު ވަޒީރު މުޙައްމަދު އަމީނާވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ދެޤައުމުގެ މެދުގައި އޭވިއޭޝަން ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އިތުރަށް މިނިސްޓަރ ވަނީ ސީޕްލޭން ދަތުރުކުރާ ސަރަހައްދަށް ވަޑައިގެން އޮޕަރޭޝަންތައް ބައްލަވާލައްވާފައެވެ. މި ދަތުރުފުޅުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޭވިއޭޝަން ދާއިރާއިން ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ޚާރިޖީ ވަޒީރު ފާހަގަކުރައްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ