ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގުގައި މިރޭ ހިނގި ނުރައްކާތެރި ސައިކަލު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އެކްސިޑެންޓުގައި ދެ ސައިކަލު ޖެހި ތިން މީހުންނަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މި ހާދިސާގައި މަރުވީ ކ. ދިއްފުށި، ލައިޓްގާޑަންގެ އިސްމާއިލް ރަޔާން ބިން ނާޒިމް، 19 އެވެ.
މި ހާދިސާގައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓު ފޮނުވާ