ރައީސާއި އިންޑިއާގެ މިނިސްޓަރު ބައިވެރިވެވަޑައިގަތް ކުލަގަދަ ހަފްލާއަކާއެކު ހަނިމާދޫ އެއާޕޯޓް ހުޅުވައިފި

ރައީސާއި އިންޑިއާގެ މިނިސްޓަރު ބައިވެރިވެވަޑައިގަތް ކުލަގަދަ ހަފްލާއަކާއެކު ހަނިމާދޫ އެއާޕޯޓް ހުޅުވައިފި

Author
އަހުމަދު
09 ނޮވެމްބަރ 2025 10:56
0

136 މިލިއަން ޑޮލަރުގެ ހަރަދު ކޮށްގެން ތަރައްގީކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ކުލަގަދަ ހަފުލާއަކާ އެކު ރަސްމީކޮށް ހުޅުވައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގަތް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގެން ބޭއްވި މި ރަސްމިއްޔާތުގައި އެއާޕޯޓް އަލުން ހުޅުވައިދެއްވުމަށް ފަހު ތިން މިނިޓަށް ހަވާއަރުވާފައި ވެއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ އޭ-320 މަރުކާގެ މަތިންދާބޯޓެއް ފުރަތަމަ ފަހަރަށް ހަނިމާދޫ އެއާޕޯޓަށް ޖައްސައިފައިވެއެވެ. އިންޑިއާގެ އެގްޒިމް ބޭންކުން ފައިނޭންސްކޮށްގެން 2023 ޖެނުއަރީ 18 ގައި ފެށި މި މަޝްރޫއުގެ ދަށުން 2.7 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އަލަށް ގާއިމުކޮށް، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެއާޕޯޓް ތަރައްގީވުމުން އެއާބަސް އޭ320 އާއި ބޯއިން 737 ފަދަ އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭނުންކުރާ ބޮޑެތި ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.