މަގުގައި ފެންބޮޑުވީ ޓޭންކަށް ފެން ނަގައިދޭ މައި ހޮޅި ހަލާކުވެގެން: އެމްޑަބްލިއުއެސްސީ

މަގުގައި ފެންބޮޑުވީ ޓޭންކަށް ފެން ނަގައިދޭ މައި ހޮޅި ހަލާކުވެގެން: އެމްޑަބްލިއުއެސްސީ

Author
ޢަލީ އާދަމް
02 އޮކްޓޯބަރ 2025 09:57
0

މިއަދު މާލޭ އެމްޑަބްލިއުއެސްސީ ހުންނަ ސަރަހައްދު ހިމެނޭ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވީ، ފެން ޓޭންކާކާ ގުޅިފައިވާ، ފެން ނަަގައިދޭ މައި ހޮޅިއެއް ހަލާކުވެގެން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިއަދު ހަވީރު 17:00 ހާއިރު، އެމްޑަބްލިއުއެސްސީ ހިމެނޭ، އަމީނީ މަގުގެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.

އެކަމާ ގުޅިގެން ޚަބަރު އޮންލައިނާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން ވިދާޅުވީ، އެއީ ފެން ހޮޅިއަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ.

"ފެން ޓޭންކަކަށް ނޫން. ފެން ނަގައިދޭ މައި ހޮޅިއަކަށް ގެއްލުމެއް ވުމުން ދިމާވި ކަމެއް،" މަތީން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނިީ މިހާރު އެ މައްސަލަ ހައްލުކޮށްއި ވާކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތަށް އެއްވެސް ބުރުލެއް ނާންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ވެސް އެމްޑަބްލިއުއެސްސީގެ މައި ފެން ޕްލާންޓުގެ ތެރެއިން ވަރަށް ގިނަ އަދަދަކަށް ފެން ލީކުވެ، މަގުތަކުގައި ފެންބޮޑުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.