ދެކުނު އެފްރިކާގައި ބާއްވާ ޖީ20 ސަމިޓު ޓްރަމްޕް ބޮއިކޮޓް ކޮށްފި

ދެކުނު އެފްރިކާގައި ބާއްވާ ޖީ20 ސަމިޓު ޓްރަމްޕް ބޮއިކޮޓް ކޮށްފި

Author
ހުސައިން
09 ނޮވެމްބަރ 2025 08:34
0

މިމަހުގެ ފަހުކޮޅު ދެކުނު އެފްރިކާގެ ޖޮހޮނަސްބާގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ20 ސަމިޓުގައި އެމެރިކާއިން ބައިވެރިނުވާނެކަން އިއުލާންކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ސަމިޓް ބޮއިކޮޓް ކޮށްފިއެވެ.

ޓްރޫތް ސޯޝަލްގައި ރައީސް ޓްރަމްޕް ވިދާޅުވީ ދެކުނު އެފްރިކާގައި އެ ސަމިޓް ބޭއްވުމަށް އެއްބަސްވެވެން ނެތް ކަމަށާއި އެފްރިކާގައި ގަތުލުއާންމުތައް ހިންގަމުންދާ ކަމަށެވެ. އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ފޮނުވުމަށް ކުރިން ނިންމި ނަމަވެސް އެ ނިންމުން ބަދަލުކޮށް އެއްވެސް އޮފިޝަލަކު ބައިވެރިނުވާނެ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއިން ބޮއިކޮޓް ކުރި ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އިސްވެރިން އެ ސަމިޓުގައި ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.