ސުކޫކަށް ފައިސާ ދައްކަން ވެލާނާ އެއާޕޯޓުގެ ހިއްސާ ވިއްކަން ނަޝީދު ގޮވާލައްވައިފި

ސުކޫކަށް ފައިސާ ދައްކަން ވެލާނާ އެއާޕޯޓުގެ ހިއްސާ ވިއްކަން ނަޝީދު ގޮވާލައްވައިފި

Author
ހުސައިން
09 ނޮވެމްބަރ 2025 08:29
0

އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިއްސާ ވިއްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާއިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ކާގިލް ފައިނޭންޝަލް ސާވިސްއަށް ބޮޑު އިންޓަރެސްޓެއްގައި ބޮންޑު ވިއްކައިގެން ބަޖެޓަށް ފައިސާ ހޯދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންވެ، ސުކޫކު ދެއްކުމަށް ލޯނު ނުނަގާ އެއާޕޯޓުގެ ހިއްސާ ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. 2018 އަދި 2019 ގައި ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ މި ސުކޫކަކީ އަންނަ އަހަރު ރާއްޖެއިން އެއްފަހަރާ ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނީގެ އަދަދެވެ.

ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި ވެއެވެ. އެހެންނަމަވެސް އެ މުއާމަލާތާމެދު ސިޔާސީ ފަރާތްތަކާ އަދި ރައްޔިތުންގެ މެދުގައިވެސް ހޫނު ބަހުސްތަކެއް ކުރެވިގެން ދިޔައެވެ. އެއަށްފަހު ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ރައީސް ވަހީދުވެސް ވެރިކަމުގައި ވަނީ ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލާފައެވެ. އަދި ފަހުން ދިވެހު ސަރުކާރުން ވަނީ ޖީއެމްއާރަށް ބަދަލުވެސް ދޭން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.