ބަރުކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

ބަރުކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފި

Author
ހުސައިން
07 ނޮވެމްބަރ 2025 09:29
0

ދަގަނޑު ނުވަތަ މައުދަނުން ބަރުކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގައި އިތުރަށް ސަމާލުކަން ދިނުމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. ގަވާއިދާ ޚިލާފަށް މިފަދަ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގަމުންދާކަމަށް ވުޒާރާއިން ބުނެއެވެ. މިއީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުން މިފަދަ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ސަބަބުން ހިނގާ ކަމެއްކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ގަވާއިދުގައިވާ ގޮތުން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި ބަރު އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށެވެ. އަދި 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށިގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށެވެ.

ވުޒާރާއިން ވަނީ ބަރު އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކޮށް، މުދާ ރަނގަޅަށް ލޭޝްކޮށްގެން ދަތުރަށް ފެށުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.