ވަރަ އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

ވަރަ އެކްސްޕޯ ހުޅުމާލޭގައި ފަށައިފި

Author
ޙަސަން މުޙައްމަދު
06 ނޮވެމްބަރ 2025 08:47
0

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ލޭބަ އެންޑް ސްކިލް ޑިވެލޮޕްމަންޓް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ (ވަރަ އެކްސްޕޯ) މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެވެ.

ދިވެހި ޒުވާނުން ބާރުވެރިކޮށް، ވަޒީފާގެ ފުރުސަތުތަކާއި ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް އެއްތަނަކުން ފަހިކޮށްދިނުމަކީ މި އެކްސްޕޯގެ މައިގަނޑު މަގްސަދެވެ. ބީއެމްއެލްއިން ވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް އިންޓަރެކްޓިވް ހަރަކާތްތައް ހިމެނޭ ޚާއްސަ ސްޓޯލެއް ގާއިމްކޮށްފައެވެ.

މި ސްޓޯލުން ބޭންކުގެ އިންޓަންޝިޕް ޕްރޮގްރާމާއި ސްކޮލަޝިޕް ފުރުސަތުތަކާއި އިންޑަސްޓްރިއަލް ޕްލޭސްމަންޓް ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި ވަޒީފާ ހޯދާ ފަރާތްތަކަށް ބޭނުންވާ ކެރިއަ ގައިޑެންސް އާއި ޖޮބް ކޯޗިންވެސް ބޭންކުގެ ތަޖުރިބާކާރުން ފޯރުކޮށްދޭނެއެވެ. ފާއިތުވި އަހަރު 10،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި މި އެކްސްޕޯ، މި އަހަރު ހޮނިހިރު ދުވަހުގެ ރޭ 22:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.