ޔޫޕީއެސްގެ ކާގޯ ޕްލޭން ވެއްޓި 7 މީހަކު މަރުވެއްޖެ

ޔޫޕީއެސްގެ ކާގޯ ޕްލޭން ވެއްޓި 7 މީހަކު މަރުވެއްޖެ

ގުޅުންހުރި

އެމެރިކާގެ ކެންޓަކީ ސްޓޭޓްގެ ލޫއިސްވިލް މުހައްމަދު އަލީ އިންޓަނޭޝަނަލް އެއާޕޯޓުން ހަވާއީއަށް ދަތުރު ފެށުމަށް ތައްޔާރުވަމުން ދިޔަ ޔޫޕީއެސްގެ ކާގޯ ޕްލޭނެއް ބުރާސްފަތި ދުވަހު ވެއްޓިގެން އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެ ސްޓޭޓްގެ ގަވަރުނަރު އެންޑީ ބެޝިއާ ވިދާޅުވީ މި ހާދިސާގައި މަދުވެގެން ހަތް މީހުން މަރުވެފައިވާ ކަމަށާއި ބޯޓުގައި ތިބި ތިން ކްރޫ މެމްބަރުން މަރުވި މީހުންގެ ތެރޭގައި ހިމެނޭކަމަށް ބެލެވޭކަމަށެވެ.

މި ހާދިސާގައި މަދުވެގެން 11 މީހަކަށް އަނިޔާވެފައިވާއިރު، ކަޅުބޯދުންގަނޑެއް ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔައެވެ. މީހުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ހަވާއީއަށް ދާން ހަމަޖެހިފައިވާ ގާތްގަނޑަކަށް 6,920 ކިލޯމީޓަރުގެ މި ދަތުރަށް ފުރުމުގެ ކުރިން ޕްލޭނުގައި 144,000 ލީޓަރުގެ ތެޔޮ ހުރުމުން ވަރަށް ބޮޑަށް ރޯވި އަލިފާނެއް ހަލާކުތައް އިތުރުކުރިކަމަށް އޮފިޝަލުން ބުނެފައިވެއެވެ. ޕްލޭން ވެއްޓުނު ސަބަބު ހާމަކުރުމަށް އަދި އަވަސްކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ޔޫޕީއެސް އިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ