ކުރިޔަށް އޮތީ ތަރައްގީގެ ދުވަސްތައް: ރައީސް

ކުރިޔަށް އޮތީ ތަރައްގީގެ ދުވަސްތައް: ރައީސް

ގުޅުންހުރި

މިއަދު ފެށިގެން މިދަނީ ތަރައްގީގެ މުޅިން އައު ސޮފުހާއެއް ކަމަށާއި ކުރިޔަށް އޮތީ ތަރައްގީގެ ދުވަސްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކުގައި މިރޭ ބޭއްވި ރައްޔިތުންގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ބަނގުރޫޓުވުމުގެ ހާލަތެއްގައި ބޮޑު ދަރަންޏަކާއި އެކުކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެހެންވެ އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށްކަމަށާއި، ގާތްގަނޑަކަށް ދެ އަހަރަށްފަހު މާލީ ހާލަތު ރަނގަޅު މިސްރާބަކަށް ގެންދެވިފައިވާކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ގޮންޖެހުންތަކާ ހުރެ ބައެއް މަޝްރޫއުތަކަށް ލަސްތައް ދިމާވި ނަމަވެސް، މިހާރު އެ ހުރަސްތައް ނައްތާލެވިގެން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންދެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 2025 އާއި 2026 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށިގެން ދާނެ އަހަރުތަކަކަށްކަމަށް ވިދާޅުވިއެވެ.

ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް ނިންމައިފައިވާއިރު، ހުރިހާ މަސައްކަތެއް ވެސް ރަނގަޅަށް ޕްލޭން ކުރެވިގެން މިނިސްޓްރީތަކާއި ކުންފުނިތަކާއި ގުޅިގެން ކޯޑިނޭޓްކޮށް ކުރިޔަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ހަނދާން ނައްތާލާފައި ނުވާނެކަމަށާއި، ހުރިހާ ވައުދެއް ފުއްދުމުގެ މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ