މާލޭ މާފަންނުގައި ހުންނަ އިމާރާތެއްގެ ވައި ގޮޅިއަކުން ވެއްޓި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ 47 އަހަރުގެ ރޮޓަން، އިމާރާތުގެ 6 ވަނަ ފަންގިފިލާ އިން އެ އިމާރާތުގެ ވައި ގޮޅިއަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ނޮވެމްބަރު 4 ވަނަ ދުވަހުގެ ހަވީރު 6:29 ހާއިރު ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވަނީ މަރުވެފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


