ސީރިއާގެ ރައީސް ފުރަތަމަ ފަހަރަށް ވައިޓް ހައުސްއަށް

ސީރިއާގެ ރައީސް ފުރަތަމަ ފަހަރަށް ވައިޓް ހައުސްއަށް

Author
ޙަސަން މުޙައްމަދު
03 ނޮވެމްބަރ 2025 11:16
0

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށް ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ މި މަހުގެ 10 ވަނަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގަންނަވާނެ ކަމަށް ސީރިއާގެ ހާރިޖީ ވަޒީރު އަސަދު އަލް ޝައިބާނީ ހާމަކުރައްވައިފި އެވެ. އެމެރިކާގެ ސްޕެޝަލް އެންވޯއީ ޓޮމް ބަރަކް ވަނީ މި ދަތުރުފުޅު ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

ވައިޓް ހައުސްގެ އޮފިޝަލުންވެސް މި ދަތުރުފުޅުގެ ތަފްސީލު ކަށަވަރު ކުރައްވައިފި އެވެ. ޝައިބާނީ ވިދާޅުވީ ސީރިއާއަށް އެޅިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ދެ ގައުމުގެ ދެމެދު އާ ދައުރެއް ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި، އަމާޒަކީ ވަރުގަދަ ގުޅުމެއް ގާއިމްކުރުން ކަމަށެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނާ ގޮތުގައި ސީރިއާގެ އެއްވެސް ރައީސަކު މިހާތަނަށް ރަސްމީކޮށް ވޮޝިންޓަނަށް ވަޑައިގެންފައެއް ނުވެއެވެ. ބައްޝާރުލް އަސަދުގެ ވެރިކަމަށް ނިމުމަކަށް ގެނައުމަށް ފަހު އެގައުމުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންފައިވާ ޝަރާ ވަނީ ބައިނަލްއަގުވާމީ ބާރުތަކާ އެކު ސީރިއާގެ ގުޅުންތައް އަލުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އިރު، މިދިޔަ ސެޕްޓެމްބަރު މަހު އދ.ގެ އާންމު މަޖިލީހުގައިވެސް ވަނީ ތަގުރީރުކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.