15 އަހަރު އަޅާނުލައި އޮތް ދިފާއީ ބާރު ޒަމާނީކުރުމުގެ މަސައްކަތް ވަނީ ފަށާފަ: ޣައްސާން

15 އަހަރު އަޅާނުލައި އޮތް ދިފާއީ ބާރު ޒަމާނީކުރުމުގެ މަސައްކަތް ވަނީ ފަށާފަ: ޣައްސާން

Author
ހުސައިން
03 ނޮވެމްބަރ 2025 11:13
0

ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ 15 ވަރަކަށް އަހަރު ދިފާއުއަށް ސަމާލުނުވެ އޮތް ގައުމުގެ އަސްކަރީ ބާރު ޒަމާނީ ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިފައިވާ ކަމަށެވެ.

ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣައްސާން ފާހަގަކުރެއްވީ 2023 ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ހިމާޔަތުގައި ދުރު ވިސްނޭ އަސްކަރީ ސިޔާސަތެއް ރާވައި އެ މަސައްކަތް ފެށްޓެވި ކަމަށެވެ. ވަޒީރު ވިދާޅުވީ މި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. މީގެ ތެރޭގައި ގައުމަށް ވަފާތެރި ޖީލެއް ބިނާކުރުމަށް ނެޝެނަލް ސާވިސް ފެށުމާއި ޝަހީދުންގެ އާއިލާތަކަށް އިނާޔަތްދޭ ނިޒާމެއް ޤާއިމުކުރުން ހިމެނެއެވެ. އެމްއެންޑީއެފްގެ މެރިން ކޯގެ ގާބިލްކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.