މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް 713 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް އެކުންފުނިން އާއްމުކޮށްފައިވާ މާލީ ރިޕޯޓުން ހާމަވެއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.2 އިންސައްތައިގެ ކުރިއެރުމެކެވެ. މޯބައިލް ޚިދުމަތްތަކުން 374 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3 އިންސައްތައިގެ އިތުރުވުމެކެވެ. ނަމަވެސް ފިކްސް ބްރޯޑްބޭންޑް ޚިދުމަތުން 303 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 0.9 އިންސައްތަ ދަށް އަދަދެކެވެ. އާމްދަނީ އިތުރުވެފައިވީނަމަވެސް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް 230 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ 37 އަހަރުގެ ތަޖުރިބާއާއެކު ޒަމާނީ ޓެލެކޮމިއުނިކޭޝަން ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ކޮމެންޓު ފޮނުވާ