ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ގދ. ގައްދޫ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށް ކުރިމިނަލް ކޯޓުން 15 ދުވަހަށް ބަންދުކޮށްފި އެވެ.
ބަންދުކުރި މީހުންނަކީ ގދ. ގައްދޫ، އެވަގްރީން، އަހުމަދު މުއާވިޔަތު (32 އަހަރު) އާއި މާލޭ، ރޯޝަންވިލާ، އިސްމާއީލް ރަޝީދު (37 އަހަރު) އެވެ.
ކޯޓުގައި ދެ މީހުން ވަކާލާތުކުރިގޮތުގައި އެ ސައިކަލު ވަގަށް ނެގިފައިވާ ސައިކަލެއް ކަމެއް އެ މީހުންނަކަށް ނޭނގޭ އެވެ. އަދި އެ ސައިކަލު އެ މީހުން ދިރިއުޅޭ ގެއަށް ވަނީ ކިހިނެއްކަން ވެސް އެނގޭކަށް ނެތް ކަމަށް އެ މީހުން ބުނެފައިވެ އެވެ.
ކޮމެންޓު ފޮނުވާ