ކުރީގެ ރައީސް ގެދޮރުވެރިޔާ ފްލެޓްތަކަށް ޒިޔާރަތްކުރައްވައިފި

ކުރީގެ ރައީސް ގެދޮރުވެރިޔާ ފްލެޓްތަކަށް ޒިޔާރަތްކުރައްވައިފި

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 06:24
0

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ވެރިކަމުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރި ފްލެޓްތަކަށް ޒިޔާރަތްކުރައްވައި، އަލަށް ދިރިއުޅެން ފެށި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވިފިއެވެ.

އިބޫ އަމާން އުދަރެސް ފްލެޓްތަކަށް ވަޑައިގެން އާއިލާތަކާއެކު ހަވީރު ސަޔަށް އިންސާފުކުރައްވައި، ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހާލު ބައްލަވައިލެއްވިއެވެ. އަދި ކުޑަކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، ދިރިއުޅުމުގެ މާހައުލު ބައްލަވައިލެއްވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 32 ޓަވަރުގައި ޖުމްލަ 4،000 ފްލެޓް އިމާރާތްކޮށްފައިވާއިރު، މީގެ ތެރޭގައި ދެ ކޮޓަރީގެ 1،250 ފްލެޓާއި ތިން ކޮޓަރީގެ 2،750 ފްލެޓް ހިމެނެއެވެ. މި ސްކީމަށް 20،697 މީހުން ކުރިމަތިލި ނަމަވެސް، ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކުރީގެ ސަރުކާރުން ގެޒެޓުކޮށްފައިވެއެވެ.

މިހާރުގެ ސަރުކާރުން އެ ލިސްޓަށް ބަލައިގެން ފްލެޓްތައް ދޫކުރަމުންދާއިރު، ބައެއް ފަރާތްތަކަށް ޝަރުތު ހަމަނުވާކަމަށް ނިންމައި، އެފަރާތްތަކަށް ލިބުނު ފްލެޓްތައް އަނބުރާ އަތުލާފައިވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. ދެ ކޮޓަރީގެ ފްލެޓެއްގެ ކުލިއަކީ 9،000 ރުފިޔާއަށް ވާއިރު، ތިން ކޮޓަރީގެ ފްލެޓަކަށް 13،000 ރުފިޔާ ދެއްކަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.