ހުޅުމާލެ ހިޔާ ޓަވަރު 8 އިން މީހަކު ވެއްޓިއްޖެއެވެ. އެނގިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައިވަނީ އެ ޓަވަރުގެ 14ވަނަ ފަންގިފިލާއިންނެވެ. ވެއްޓިފައިވަނީ ފިރިހެނެކެވެ. ފުލުހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ހިޔާގެ 8 ވަނަ ޓަވަރުން މީހަކު ވެއްޓުނު މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8:32 ހާއިރު އެވެ. އެ މީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް ވެއްޓުނު މީހާގެ ނަމާއި އުމުރާއި ހާލަތާ ބެހޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ