އިތުރު ގަޑީގެ ފައިސާ ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ޕޭ ފްރޭމްވަރކަށް އިސްލާހު ގެނެސްފި

އިތުރު ގަޑީގެ ފައިސާ ނަހަމަ ގޮތުގައި ހިފުން ހުއްޓުވަން ޕޭ ފްރޭމްވަރކަށް އިސްލާހު ގެނެސްފި

Author
ހުސައިން
31 އޮކްޓޯބަރ 2025 08:13
0

ދައުލަތުގެ މުވައްޒަފުން އިތުރު ގަޑީގެ ފައިސާ ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް ދިވެހި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް އިސްލާހެއް ހުށައަޅުއްވައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު އެ އިސްލާހުތަކަށް ވަނީ ޢަމަލުކުރަން ފަށާފައެވެ.

އިސްލާހުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ އިދާރާތަކުން ޚިދުމަތް ފޯރުކޮށްދޭ ވަގުތުތަކުގައި ބޮޑެތި ފަރަގުތަކެއް އޮތުމުން މުވައްޒަފުން އެއްވެސް މަސައްކަތެއް ނެތް ގޮތުގައި ވަގުތު އިސްރާފުވުން ހުއްޓުވުމެވެ. އިސްލާހުގައި ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް މަސައްކަތްކުރާ ދުވަސްތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމަކުން ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާ ދުވަސްތަކުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ.

އިސްލާހުގައިވާ ގޮތުން އިތުރު ގަޑީގެ ފައިސާ ދެވޭނީ މަސައްކަތުގެ 8 ގަޑިއިރު ހަމަވުމަށްފަހުއެވެ. އަމިއްލަ ބޭނުމެއްގައި މަސައްކަތުގެ މާޙައުލުން ބޭރުގައި ހޭދަކުރި ވަގުތު އެ 8 ގަޑިއިރުގެ ތެރޭގައި ހިމެނޭކަށް ނެތެވެ. ނަމަވެސް ކެއުމުގެ ގަޑިއާއި ނަމާދުކުރުމުގެ ވަގުތާއި ކުއްޖާ ބެލުމަށްދޭ ވަގުތުތައް ފަދަ ހުސްވަގުތުތަކަކީ އަމިއްލަ ބޭނުމެއްގައި ބޭރުގައި އުޅުނު ވަގުތުކަމުގައި ނުބެލެވޭނެއެވެ.

ފަހެލި މަސައްކަތު ވަގުތު ކަނޑައަޅާއިރު ރަސްމީ ގަޑީގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބުރޫނާރާނެ ގޮތަކަށް ކަނޑައަޅަންޖެހޭނެކަމަށާއި، އެއް ބާވަތެއްގެ މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި އެއްހަމައަކުން އެ ފުރުޞަތު ދިނުމަށް އިސްކަންދޭންވާނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އައު ފްރޭމްވަރކްއަށް ޢަމަލުކުރަން ފެށުމުން މުވައްޒަފަކަށް ކުރިން ލިބޭ މުސާރައަށްވުރެ މިހާރު މަދު މުސާރައެއް ލިބުނުނަމަ، އެފަދަ މުވައްޒަފަކަށް ޚާއްސަ އިނާޔަތެއް ލިބޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.