އައްޑޫ ރިފަރަންޑަމްގައި ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނެ

އައްޑޫ ރިފަރަންޑަމްގައި ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނެ

Author
އަހުމަދު
25 އޮކްޓޯބަރ 2025 01:00
0

އައްޑޫ ރިފަރަންޑަމް ވޯޓުގައި ޑިޖިޓަލް އައިޑީ ބަލައިނުގަތާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަވަމުން އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ، ވޯޓުލުމަށް ފުރަތަމަ ހާޒިރުވާއިރު އަސްލު އައިޑީކާޑު، ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ހުށަހަޅަން ޖެހޭނެކަމަށެވެ. ބައެއް މީހުން ފޯނުން ޑިޖިޓަލް އައިޑީ ދައްކަމުންދާކަމަށާއި، މި ވޯޓުގައި އެފަދަ ލިޔެކިޔުން ގަބޫލުނުކުރެވޭނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ދައުލަތާއި އެކުވެރި ގައުމުތަކުން މިލިއަން ޑޮލަރުން ހޭދަކޮށްގެން ތަރައްޤީކުރަމުންދާ ގައުމީ އައިޑެންޓިޓީ ޕްލެޓްފޯމް އީފާހުގައި ދިވެހި ރައްޔިތުންގެ އައިޑީކާޑާއި ޑްރައިވިން ލައިސަންސް ޑިޖިޓަލް ގޮތުގައި ހިމެނެއެވެ. ނަމަވެސް ދައުލަތުގެ ބައެއް އިދާރާތަކުން ޑިޖިޓަލް އައިޑީ ބަލައިނުގަތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށްވެފައިވާއިރު، ފަހަކަށް އައިސް ބައެއް ތަންތަނުގެ ކައުންޓަރުތަކުން މި ހިދުމަތް ބޭނުންކުރަން ފަށައިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.