ޗޮންޗިން އެއާލައިން ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

ޗޮންޗިން އެއާލައިން ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

Author
ހުސައިން
24 އޮކްޓޯބަރ 2025 09:19
0

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޒަމާނީ ޓާމިނަލް 1 އިން ޗައިނާގެ ޗޮންޗިނަށް އެއާލައިނުން ޚިދުމަތް ދޭން ފަށާފައިވާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ. މިއީ އެ ޓާމިނަލުން އޮޕަރޭޓްކުރާ 12 ވަނަ އެއާލައިނެވެ.

ޗޮންޗިން އެއާލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ. އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަނދާނީ ހަދިޔާ ދިނުމާއެކު، ރާއްޖެ އައި 79 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ވަނީ ކިޔާފައެވެ.

ޗައިނާގެ އެންމެ ބޮޑު އެއާލައިންކަމަށްވާ ޗައިނާ ސަދާން އެއާލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއާލައިނުން ދިވެހިރާއްޖެއަށް ދަތުރުތައް ފެށީ މިއަހަރުގެ ޖޫން މަހު 24 ގައެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ގުޅުންތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި އިތުރު ޗައިނާ އެއާލައިނަކަށް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށުމަކީ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމެއްކަމަށް ވިލާ ޓްރެވަލްސްއާއި އެމްއޭސީއެލްގެ އިސްވެރިން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.