ބްރިޓިޝް އެއާވޭސް ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

ބްރިޓިޝް އެއާވޭސް ވީއައިއޭގެ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފަށައިފި

Author
ހުސައިން
24 އޮކްޓޯބަރ 2025 09:15
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބްރިޓިޝް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގު ވައްހާބެވެ.

ރަސްމިއްޔާތުގައި ބްރިޓިޝް އެއާވޭސްގެ އެއަރޕޯޓް މެނޭޖަރު މުހައްމަދު ނިހާން އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 126 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާއިރު، ޓާމިނަލް 1 އަށް ކައިރިކުރި ފުރަތަމަ މަތިންދާބޯޓު BA061 އިން އައި 122 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވެއެވެ.

އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން ކަމަށްވާ ބްރިޓިޝް އެއާވޭސް 2009 އޮކްޓޫބަރު 26 ގައި ރާއްޖެއަށް ދަތުރުތައް ފެށި އެވެ. ޓާމިނަލް 1 އިން މިހާރު 13 އެއާލައިނަކަށް ހިދުމަތް ދެމުންދާއިރު، ބްރިޓިޝް އެއާވޭސް އަކީ ޔޫރަޕުން ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ އެއާލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.