ހިތަށް ފިނިވާމަގުގައި ސައިކަލެއް ފާމަސީއަށް މުޑިއަރާ ގެއްލުން ވެއްޖެ

ހިތަށް ފިނިވާމަގުގައި ސައިކަލެއް ފާމަސީއަށް މުޑިއަރާ ގެއްލުން ވެއްޖެ

Author
ހުސައިން
23 އޮކްޓޯބަރ 2025 03:06
0

މާލޭގެ ހިތަށް ފިނިވާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް އިން ނެއްޓިގެން މަގުގައި ހުރި ދަ ކުލިނިކް ފާމަސީގެ ތެރެއަށް ވަދެ ގެއްލުން ވެއްޖެ އެވެ. ޝޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުން އެ ސައިކަލު ގޮސް އަރާފައި ވަނީ ފާމަސީގެ ބިއްލޫރި ގަނޑަށެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އަދި ވާހަކަ ދައްކާފައި ނުވާއިރު، ސައިކަލު ދުއްވި މީހާއަށް ވެފައިވާ ގޮތާއި ފާމަސީއަށް ވެފައިވާ ގެއްލުމުގެ ތަފްސީލު އަދި ސާފެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.