އައިޖީއެމްއެޗުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފި

އައިޖީއެމްއެޗުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ އޮޕަރޭޝަން ކާމިޔާބުކޮށްފި

Author
އަހުމަދު
19 އޮކްޓޯބަރ 2025 11:54
0

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ އޮޕަރޭޝަން އައިޖީއެމްއެޗުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ހިންގީ ސާޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ.

މާލެ ގްރޫޕް އޮފް ކޮމްޕެނީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ޙަލީމް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި އައިޖީއެމްއެޗުގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭން ފެށިތާ 18 މަސްވެއްޖެއެވެ. މި ޚިދުމަތާ ގުޅޭ އިތުރު ތަމްރީނު ޕްރޮގްރާމްތައް މިހާރު ވެސް ހޮސްޕިޓަލުގައި ކުރިއަށްދާކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ފާހަގަކުރެއްވި ގޮތުގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ އެންމެ ބޮޑު ފައިދާއަކީ މި ފަރުވާއަކީ ބަލިމީހާއަށް އަމިއްލަ ގޭގައި، ވޭނަކާ ނުލައި، މެޝިނެއް ބޭނުން ނުކޮށް ރައްކާތެރިކަމާއެކު ކުރެވިދާނެ ފަރުވާއެއް ކަމެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ. މި ޚިދުމަތް ފުޅާވުމާއެކު މާލެއާއި އަތޮޅުތަކުގައި ކިޑްނީ ބަލީގެ ފަރުވާ ލިބޭނެ ފުރުޞަތު ބަލިމީހުންނަށް އިތުރުވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.