އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ނަގަން ތައްޔާރުވަމުން އަންނަ ވޯޓުގައި، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 248 މީހަކު ރީރަޖިސްޓަރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މުޅި 255 މީހަކު ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 248 މީހެއްގެ ރީރަޖިސްޓްރޭޝަން މަރުހަލާ ނިމިފައިވާ ކަމަށެވެ. މި މަހުގެ 25 ވަނަ ދުވަހު ފޭދޫ، ހުޅުދޫ އަދި މީދޫގައި ބާއްވާ މި ވޯޓުގައި އެ ރަށްރަށުގައި ފޮށިތައް ބެހެއްޓުމާއެކު، މާލޭގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށާއި، ވޯޓު ކަރުދާސް ޗާޕުކުރުމާއި ހުރިހާ އިދާރީ ތައްޔާރީތަކެއް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 26 ވަނަ ދުވަހު ކަމަށް އީސީން ބުނެއެވެ.
ކޮމެންޓު ފޮނުވާ