623 މީހުން އެއްފަހަރާ ފީނައި ދުނިޔޭގެ ރެކޯޑެއް ގާއިމު ކޮށްފި

623 މީހުން އެއްފަހަރާ ފީނައި ދުނިޔޭގެ ރެކޯޑެއް ގާއިމު ކޮށްފި

Author
ހުސައިން
19 އޮކްޓޯބަރ 2025 09:18
0

ބ. އަތޮޅު ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން ބ.ވިލިނގިލިފަރު ފިނޮޅު ސަރަހައްދުގައި ކުރިއަށް ގެންދިޔަ "ބާނި" ހަރަކާތުގެ ތެރެއިން ރާއްޖެއިން ގިނިސް ވޯލްޑް ރެކޯޑު ފޮތުން ތާރީޚީ ޖާގައެއް ހޯދައިފިއެވެ. މި ހަރަކާތުގައި ޖުމްލަ 623 މީހުން އެކުގައި ފީނައި، އެއްފަހަރާ އެންމެ ގިނަ މީހުން ފެތުމުގެ ދުނިޔޭގެ އަލަށް ރެކޯޑެއް ގާއިމުކޮށްފައިވެއެވެ.

13 ރަށަކާއި 15 ރިސޯޓެއްގެ ބައިވެރިވުމާއެކު ބާއްވާފައިވާ މި އިވެންޓުގައި ރިސޯޓު މުވައްޒަފުން، ފަތުރުވެރިން އަދި އަތޮޅުގެ މީހުން ބައިވެރިވެފައިވެއެވެ. މި ތާރީޚީ ކާމިޔާބީއަށް ފަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގިނިސް ވޯލްޑް ރެކޯޑުގެ މަންދޫބު ވަނީ ރެކޯޑު ގާއިމުކުރުމުގެ ހަނދާނީ ފިލާ ރާއްޖެއަށް ހަވާލުކޮށްދެއްވާފައެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަރަކާތަކީ ތިމާވެއްޓަށް ހޭލުންތެރި މުޖުތަމައުއެއް ބިނާކުރުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިވުން ލިބިގަންނަން ދެކެވޭ މިސާލެއް ކަމަށެވެ. މި ރެކޯޑަކީ ގިނިސް ވޯލްޑް ރެކޯޑު ފޮތާއި، ރާއްޖޭގެ ރެކޯޑު ފޮތުގައި ވެސް ޖާގަ ހޯދި ރެކޯޑެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.