ޓްރަމްޕް ޒެލެންސްކީއަށް ޓޮމަހޯކް މިސައިލް ދިނުމަށް ފަސްޖެހިވަޑައިގެންފި

ޓްރަމްޕް ޒެލެންސްކީއަށް ޓޮމަހޯކް މިސައިލް ދިނުމަށް ފަސްޖެހިވަޑައިގެންފި

Author
ހުސައިން
18 އޮކްޓޯބަރ 2025 09:07
0

ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބޭނުން ކުރުމަށް ޓޮމަހޯކް ކްރޫޒް މިސައިލް ފަދަ ބާރުގަދަ ހަތިޔާރު ހޯއްދަވަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާއަށް ވަޑައިގަތް ނަމަވެސް، އެ މައްސަލައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސާފު ޖަވާބެއް ނު ދެއްވާފައެވެ. ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް އިސްކަމެއް ދެއްވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ރަޝިޔާގެ ރައީސް ޕުޓިންއާ އަލުން ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށެވެ.

2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން ދެމިއޮތް މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ހަފުތާތަކުގައި ޕުޓިންއާ ބައްދަލު ކުރައްވައި ހަނގުރާމަ ހުއްޓުވުމަށް ބާރު އަޅުއްވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޒެލެންސްކީއާ ބައްދަލުކުރައްވައި ޓްރަމްޕް ވިދާޅުވީ ރަޝިޔާއިން އަތްގަދަކޮށްފައިވާ ބިންތައް ދޫކޮށްލުމަށް ޖެހިއަސް ހަނގުރާމަ ހުއްޓައިލުމަކީ ޔޫކްރެއިނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، ޓޮމަހޯކް މިސައިލް އެމެރިކާގެ ދިފާޢަށް ބޭނުން ކަމަށެވެ.

"މި ވަގުތު ހަނގުރާމަ ކުރަމުންދާ ރޮނގުގައި ޙަމަލާ ބަދަލު ކުރުން ހުއްޓައިލަންވީ. މީހުން މެރުން ހުއްޓައިލާ. އަޅުގަނޑު ޒެލެންސްކީ ގާތު މިހެން ދެންނެވިން. ޕުޓިން އަރިހުގައި ވެސް ހަމަ މިހެން ދެންނެވިން،" ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް ޤަބޫލު ކުރައްވަނީ ދެ ފަރާތުން ވެސް ކުޑަކުޑަ ފިޔަވަޅުތަކެއް އަޅައިފި ނަމަ ސުލްޙަ ހޯދޭނެ ކަމަށެވެ. ނަމަވެސް، ޒެލެންސްކީ ވިދާޅުވީ ޕުޓިން ހަނގުރާމަ ހުއްޓައިލަން ބޭނުމެއް ނުވާ ކަމަށާއި، ޙަމަލާތައް ހުއްޓައިލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.