ނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުންވި މީހުން ރިޕޯޓު ކުރުމަށް ކުމުންދޫ ކައުންސިލުން އެދިއްޖެ

ނަސްރު ބޯޓު އަޑިއަށް ދިޔުމުން ގެއްލުންވި މީހުން ރިޕޯޓު ކުރުމަށް ކުމުންދޫ ކައުންސިލުން އެދިއްޖެ

Author
ހުސެއިން
18 އޮކްޓޯބަރ 2025 09:04
0

އުތުރުގެ ރަށްރަށަށް މުދާ އުފުލަމުން ދިޔަ ނަސްރު ބޯޓު އިއްޔެ އަޑިއަށް ދިޔުމުން، މާލީ ގެއްލުން ލިބުނު ފަރާތްތަކުން މައުލޫމާތު ރިޕޯޓު ކުރުމަށް ހދ. ކުމުންދޫ ކައުންސިލުން މިއަދު އެދިއްޖެ އެވެ. ހދ. ނޭކުރެންދޫ މީހަކު ދުއްވާ މި ބޯޓު ކޮޅިގަނޑެއްގައި ޖެހި އަޑިއަށް ދިޔައިރު، އެ ބޯޓުގައި ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަނިޔާވި އެވެ. މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދިޔަ މި ބޯޓުން ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ އަދި ކުރިނބީގެ މުދާ ބަރުކޮށްފައިވާއިރު، އެއިން އެއް ރަށަކަށް ގެންދަން އެރުވި މުދަލުގެ އަގު މިލިޔަނަކަށް އަރާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ގެއްލުމުގެ މައުލޫމާތު އަންނަ ހޯމަދުވަހުގެ ނިޔަލަށް ގޫގުލް ލިންކެއް މެދުވެރިކޮށް އެއްކުރުމަށްފަހު، ރިޕޯޓެއް ތައްޔާރުކޮށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާ ހިއްސާކުރާނެ ކަމަށެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ދޭނީ އެ އޮތޯރިޓީން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.