ފިލިޕީންސަށް ބާރުގަދަ ބިންހެލުންމެއް އަތުވެއްޖެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުންމެއް އަތުވެއްޖެ

Author
ޙަސަން މުޙައްމަދު
18 އޮކްޓޯބަރ 2025 09:35
0

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަށް 6.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. އޮފިޝަލުން ބުނީ ބިންހެލުމުގެ ލޮޅުން ކުޑަ ވަގުތުކޮޅަކަށް އިހުސާސްކުރެވުނު ނަމަވެސް ލިބުނު ގެއްލުމުގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވާކަމަށެވެ.

މި މަހުގެ ތެރޭގައި ފިލިޕީންސްގެ އެކި ސަރަހައްދުތަކަށް ގިނަ ބިންހެލުންތައް އަންނަމުންދާއިރު މީގެ ހަފްތާއެއް ކުރިން އައި ބިންހެލުމުގައި 8 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން މި މަހުގެ ކުރީކޮޅު އައި 6.9 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި 76 މީހުން މަރުވެ 72،000 އަށްވުރެ ގިނަ ގެއަށް ގެއްލުން ވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.