ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޒަމާނީ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުން، ވެރިފަރާތް އެމްއޭސީއެލުން ބާ ޓާމިނަލްގެ އޮޕަރޭޝަންސްތައް އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަންނަ މަހުގެ 9 ގައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި އާ ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ އާ ރަންވޭގައި ކޯޑް ސީ މަތިންދާބޯޓުތައް ޖައްސަން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ރަންވޭއަށް ކްލިއަރަންސް ހޯދަން ބާ ޓާމިނަލް ނަގައި ހުސްކުރަންޖެހޭތީ ކަމަށް އެމްއޭސީއެލުން ހާމަކޮށްފައިވެއެވެ. އާ ޓާމިނަލުގެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ ދަތުރުތަކަށް ކަމުގައިވާއިރު، މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެ ގޭޓު ހިމެނޭގޮތަށް ޑިޒައިންކޮށްފައިވެއެވެ.
މިހާރު ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި، އިކުއިޕްމަންޓް ޓެސްޓުކުރުމާއި، މުވައްޒަފުން ތަމްރީނުކުރުމާއި، ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ޓާމިނަލް ތައްޔާރުވެފައިވޭތޯ ބެލުމަށް އޮރާޓް ޕްރޮސެސް ވަމުންދެއެވެ.
ކޮމެންޓު ފޮނުވާ