މާލޭ ސިޓީ ގްރޫޕުގެ ދަށުން ހިނގާ ހޮސްޕިޓަލްތަކަށް "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުން" ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ. މި މަގާމްތަކަށް މީހުން ހޯދަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރާ ބަލިމީހުންނަށް އިތުރު އޯގާތެރިކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމަށެވެ.
ގްރޭޑް 10 ނިންމާފައިވާ ކޮންމެ މީހަކަށް މި މަގާމަށް ކުރިމަތިލެވޭނެއެވެ. އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 އަކީ ކުރިމަތިލުމެގެ ސުންގަޑިއެވެ. މަގާމުގެ މުސާރައަކީ 12،000 ރުފިޔާއެވެ. ހިދުމަތް ހޯދަން އަންނަ މީހުންނަށް ދިމާވާ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުރިހަމަ މައުލޫމާތު ދިނުމާއި، ހިނިތުންވުމާއެކު މުއާމަލާތްކުރުމަކީ މި މުވައްޒަފުންގެ އަސާސީ ވާޖިބެވެ.
މިދިޔަ ޖުލައި މަހު 55 ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓަރުން މި ހޮސްޕިޓަލްތަކަށް ވަނީ ހޮވާފައެވެ. މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މި ހޮސްޕިޓަލްތައް މިހާރު ހިނގަނީ ވަކި ބޯޑެއްގެ ދަށުން ސީއީއޯއަކާއި ކޮންމެ ހޮސްޕިޓަލެއްގައި ޑެޕިއުޓީ ސީއީއޯއެއްގެ އިސްވެރިކަމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ