ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން މި އަހަރުގެ ތެރޭގައި ޖުމްލަ 800،190 ގަސް އިންދާ ނިމިއްޖެ އެވެ. ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ރާއްޖޭގެ ފެހިކަން އިތުރުކުރުމުގެ މަގްސަދުގައި ފަށާފައިވާ މި ޕްރޮގްރާމުގައި ސަރުކާރުގެ ކުންފުނިތަކާއި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމާއަތްތައް ވަރަށް ހަރަކާތްތެރިވަމުން އެބަދެ އެވެ.
ޓޫރިޒަމް އެންޑް އެންވައިރަމަންޓް މިނިސްޓްރީން އިއްޔެ އެކްސްގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަސައްކަތުގެ ބޮޑު ބަޔަކީ ސަރުކާރުގެ އެކި ކުންފުނިތަކުންނެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 105،000 ގަސް އިންދާފައިވާއިރު، ސްޓެލްކޯއިން 500،000 ގަސް އިންދުމުގެ ވައުދެއް ވެސް ވަނީ ކޮށްފަ އެވެ. އެގޮތުން ސްޓެލްކޯގެ ހިދުމަތް ލިބޭ ރަށްތަކުގައި ހަފްތާ ބަންދު ދުވަސްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ނަގާމުން ދާކަން އެ ކުންފުނިން ބުނެފައިވެ އެވެ. މި ވައުދުގެ ހަރަކާތްތައް ދައްކުވައިދޭން ސެޕްޓެމްބަރު 18 ގައި "ފެހި މަންޒަރު" ބޯޑު ވެސް އެޗްޑީސީން އިފްތިތާހު ކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ