ބެސްޓިނެޓް މައްސަލާގައި ކުރީ ސަރުކާރުގެ އިހުމާލުން ބޮޑު ބަދަލު ދައްކަން ޖެހޭ: އޭޖީ

ބެސްޓިނެޓް މައްސަލާގައި ކުރީ ސަރުކާރުގެ އިހުމާލުން ބޮޑު ބަދަލު ދައްކަން ޖެހޭ: އޭޖީ

Author
ޙަސަން މުޙައްމަދު
15 އޮކްޓޯބަރ 2025 11:54
0

ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ކަންކަން ބެސްޓިނެޓް ކުންފުންޏާ ހަވާލުކޮށް، 2016 ވަނަ އަހަރު އެ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމަށް ކުރީ ސަރުކާރުން އަމަލުނުކުރުމުގެ ސަބަބުން ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދުގެ ސުވާލަކަށް ޖަވާބުދެއްވަމުން ބަންޑާރަނައިބު ވިދާޅުވީ، 2019 ވަނަ އަހަރު އެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ބަންގްލަދޭޝް މަސައްކަތްތެރިން އެއް އަހަރު ދުވަހަށް ނުގެނެވޭ ގޮތަށް ހެދުމުން އެއްބަސްވުން ތަންފީޒުނުކުރެވި ހުއްޓިފައި އޮތް ކަމަށެވެ. މި މުއްދަތުގައި އޭރުގެ ސަރުކާރުން ބެސްޓިނެޓާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިނުވާތީ، އެ ކުންފުނިން ފަސް ލީގަލް ނޯޓިސް ފޮނުވި ނަމަވެސް އެއްވެސް ޖަވާބެއް ދީފައި ނުވާކަން ލިޔެކިޔުންތަކުން ފެންނަކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ބެސްޓިނެޓުން ހުށަހެޅީ 13.7 މިލިއަން ޑޮލަރާއެކު އިތުރު ގެއްލުމުގެ ބަދަލުވެސް ހޯދަން ކަމަށާއި، ޝަރުޢީ މަރުހަލާއަށް ދިޔަ ނަމަ އެ ބަދަލު އެ ފަރާތައް ނަގައިދިނުމުގެ ފުރުސަތު ބޮޑުކަން ދިރާސާތަކުން ފާހަގަވެފައިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އެހެންކަމުން، އާބިޓްރޭޝަނަށް ދިއުމުން ދައުލަތަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭތީ، ބެސްޓިނެޓާއެކު އެއްބަސްވުމެއް ހަދައިގެން މައްސަލަ ހައްލުކުރުން މުހިންމުކަމަށް ލަފާދެއްވާފައިވާ ކަމަށް ބަންޑާރަނައިބު ހާމަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.