ޣައްޒާގެ ހަނގުރާމަ ނިމިއްޖެކަން އިއުލާންކޮށް ޓްރަމްޕް އިސްރާއީލާއި މިސްރަށް

ޣައްޒާގެ ހަނގުރާމަ ނިމިއްޖެކަން އިއުލާންކޮށް ޓްރަމްޕް އިސްރާއީލާއި މިސްރަށް

Author
ޙަސަން މުޙައްމަދު
13 އޮކްޓޯބަރ 2025 08:10
0

ޣައްޒާގައި ހަނގުރާމަ ނިމިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. ޣައްޒާގެ ސުލްހައިގެ ސަމިޓަށް ވަޑައިގަތުމަށް އޭރު ވިދާޅުވެފައިވަނީ އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

"އެ ހަނގުރާމަ ނިމިއްޖެ. އެކަން އެނގޭތަ؟" ހަނގުރާމަ ދާއިމީ ގޮތެއްގައި ނިމުނީތޯ ސުވާލުކުރުމުން 79 އަހަރުގެ ޓްރަމްޕު ރައްދު ދެއްވި އެވެ. ހަމަލާތައް މެދުކަނޑާލުން އެގޮތުގައި ދެމި އޮންނާނެތޯ ސުވާލުކުރުމުން ވިދާޅުވީ އެކަން އެހެން އޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. "އަޅުގަނޑަށް ހީވަނީ އެންމެން ވަރުބަލިވެއްޖެހެން. މިކަމުގައި އެތައް އަހަރެއް ހޭދަވެއްޖެ،" ޓްރަމްޕު ވިދާޅުވި އެވެ.

މި "ވަރަށް ހާއްސަ" ދަތުރުގައި ޓްރަމްޕު ފުރަތަމަ ވަޑައިގަންނަވާނީ އިޒްރޭލަށެވެ. ހަމާސް އިން މިނިވަންކުރާ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާނެ އެވެ. އޭގެ ފަހުން މިސްރުގެ ޝަރުމުއް ޝައިހްގައި ބާއްވާ ސަމިޓަށް ވަޑައިގަންނަވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.