އެމްއެސްއެމްއީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފި

އެމްއެސްއެމްއީ އެވޯޑަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފި

Author
އަހުމަދު
12 އޮކްޓޯބަރ 2025 09:46
0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އެވޯޑު "އެމްއެސްއެމްއީ އެވޯޑްސް 2025″ އަށް ފޯމު ހުށަހެޅުމުގެ ސުންގަޑި މިއަދު ހަވީރު 2:00 އަށް އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން އިގްތިސާދީ ތަރައްގީއާ ވިޔަފާރީގެ ވުޒާރާއާ ގުޅިގެން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިން އިތުރުކުރީ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ 23:59 އަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފައިވަނީ މިއަދުގެ ހަވީރު 2:00 އަށެވެ.

މި އެވޯޑަކީ ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ހަރުއަހަރު ބީސީސީން ދޫކުރާ ހާއްސަ އެވޯޑެކެވެ. ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، އާންމުންގެ މަގުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ. ފޯމު ހުށަހެޅެވެނީ ބީސީސީގެ އޮންލައިން ޕޯޓަލް https://msme.bcc.mv މެދުވެރިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.