ފްލެޓް ހަވާލުކުރަން ފެށުމާއެކު، ގެދޮރުވެރިޔާގެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭން ފަށައިފި

ފްލެޓް ހަވާލުކުރަން ފެށުމާއެކު، ގެދޮރުވެރިޔާގެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
11 އޮކްޓޯބަރ 2025 12:21
0

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު ބައެއް ފަރާތްތަކުން އެ ފުލެޓުތައް ސަރުކާރުން ކަނޑައެޅި ކުލީގެ އަގަށްވުރެ ތިންގުނަ އަގުގައި ކުއްޔަށް ދޫކުރަން އިސްތިހާރުކުރަމުންދާ މައްސަލައަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒު ވެއްޖެއެވެ.

ފުލެޓުތައް ވެރިންނަށް ހަވާލުކުރަން ފެށިތާ ހަފުތާއެއްހާ ދުވަސްތެރޭ ސޯޝަލް މީޑިއާއިން ދަނީ ހިޔާ ފުލެޓާއި ވިނަރެސް ފުލެޓު ލިބުނު ބައެއް މީހުން އެތަންތައް މަހަކު 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާކަމަށް އިސްތިހާރުކުރާ މަންޒަރެވެ. ސަރުކާރުން ކަނޑައަޅައިފައިވާ މަހެއްގެ ކުލި އަކީ 8،000 ނުވަތަ 10،500 ރުފިޔާއެވެ.

ސޯޝަލް ހައުސިންގެ ގޮތުގައި ލިބުނު ފުލެޓުތައް މިހެން ބޮޑު އަގުގައި ކުއްޔަށް ދޫކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެގެންދަނީ އެފަދަ ފުރުސަތުތައް ދޫކުރުމުގެ އަސްލު މަގުސަދު ގެއްލި، ރަނގަޅަށް ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާނެކަމަށް ބުނެއެވެ.

ސޯޝަލް ހައުސިންއަށް ދޫކުރާ ފްލެޓްތަަކަކީ ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދާ އުސޫލުން ދޫކުރާ ފްލެޓްތަކެއް ނޫނެވެ. އޭގެ އަދި މީގެކުރިން ދޫކޮށްފައިވާ ހިޔާ ފްލެޓްތައް އެބީދައިން ކުއްޔަށް ދޫކުރުން ވަނީ މަނާވެސް ކޮށްފައެވެ. އެހެންނަމަވެސް ހިޔާ ފްލެޓްތަކުގެ ގިނަ ފްލެޓްތައްވެސް ކުއްޔަށް ދޫކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.