ދިވެހި ގައުމީ ޖާޒީ ފީފާގެ މިއުޒިއަމަށް

ދިވެހި ގައުމީ ޖާޒީ ފީފާގެ މިއުޒިއަމަށް

Author
ޙަސަން މުޙައްމަދު
10 އޮކްޓޯބަރ 2025 07:42
0

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ޖާޒީ ފީފާގެ ދާރުލްއާސާރަށް ހަވާލުކޮށްފި އެވެ. އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގު ދާދި ފަހުން ސްވިޓްޒަލެންޑަށް ކުރެއްވި ޒިޔާރަތުގައި ފީފާގެ މައި އިދާރާއަށް ވަޑައިގެން، ރާއްޖޭގެ ރަތް ކުލައިގެ ރަސްމީ ޖާޒީ އެ ފަރާތަށް ވަނީ ހަދިޔާކުރައްވާފަ އެވެ.

ފީފާއަށް ހަދިޔާކުރެއްވި ޖާޒީއަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ޖާޒިއާއިން ރާއްޖޭގައި ތައްޔާރުކުރި ޖާޒީއެއް ކަމަށް ތޯރިގު ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުންޏެވެ. ފީފާގެ ދާރުލްއާސާރުގައި މިހާރު ދުނިޔޭގެ 211 ގައުމެއްގެ ރަސްމީ ޖާޒީތައް ހިމެނެ އެވެ.

މި އަހަރުގެ ޖުލައި 26 ގައި އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި ތޯރިގު، މި މަހު ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީއަށް ވެސް ވަނީ އައްޔަންކޮށްފަ އެވެ. މިއީ ފީފާގެ ސްޓޭންޑިން ކޮމިޓީއަކުން ދިވެހި ފުޓްބޯޅަ އޮފިޝަލަކަށް ލިބުނު ފުރަތަމަ ފުރުސަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.